ދިވެހިރާއްޖެ
އެސްޓީއޯގެ ކާރެއް ނީލަންކިއުން
އެސްޓީއޯގައި ބޭނުންކޮށް ބައުވެފައިވާ މިދަންނަވާ ކާރު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.
- ރަޖިސްޓްރީ ނަންބަރ B1A1146
- މޮޑެލް ނަންބަރ TOYOTA-GF-AE110-AEPNKS
- ޗެސިސް ނަންބަރު AE110-5277166
- އިންޖީނު ނަންބަރ 5A H208031
- ރާއްޖެ އެތެރެކުރި އަހަރު 28/03/1999
- ނީލަން ފެށޭއަގަކީ 50،000.00ރ (ފަންސާސްހާސް ރުފިޔާ)އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 1000.00ރ (އެއްހާސް ރުފިޔާ)އެވެ.
މިކާރު ނީލަމުން ނަންގަވަން ބޭނުންވެލައްވާ ފަރާތްތަކުން އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރިލް 2018 ވާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސްއަށް ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. މިކާރު ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަޑައި އަގު އާއްމު ކުރާނީ ސިޓީލާ އެންމެންގެ ޙާޟިރުގައި އެދުވަހެއްގެ ހެނދުނު 09:35 ގައި ކަމުގައިވެސް ދެންނެވީމެވެ.
10 އޭޕްރިލް 2018