ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2018/53
އިޢުލާން
ކަނޑު އުޅަނދެއް ކުއްޔަށް ހިފުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފެން އުފުލުމަށްޓަކައި 03 މަސް ދުވަހުގެ މުއްދަތަށް ކަނޑު އުޅަނދެއް ކުއްޔަށްހިފުމަށް ކުރެވިފައިވާ ނަންބަރ FNK-I/IUL/2018/52 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން މި ފުރުޞަތު ހުޅުވާލަމެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަދި މި މަޢުލޫމާތު ކަރުދާސް މި ޢިޢުލާންއާއި އެކު އެއްއުރަ ކުރެވިފައިވާނެއެވެ.
ވީމާ މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނީ 17 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
26 ރަޖަބު 1439