ނީލަން
ނަންބަރު: (IUL)233-CA/233/2018/6
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 23 މޭ 2018 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ލޯންޗުގައި ބޭނުންކުރި ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މި އަތޮޅު އަތޮޅު ލޯންޗް "މާވަރު"ގައި ބޭނުންކޮށްފައިވާ އައުޓްބޯޑް ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއްޖެ އެވެ.

މި ނީލަން ކުރިއަށްދާނީ، 2018 އޭޕްރީލް 24 އިން 2018 މެއި 23 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެ އަގެއް ހުށަހެޅުއްވި ފަރާތަށް ނީލަން ނިންމާލެވޭނެ އެވެ.

ދެއިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި މި އިދާރާއަށް ވަޑައިގަތުމުން އެ އިންތިޒާމު ހަމަޖެހޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، މި އިދާރާގެ ނަންބަރު؛ 6660606 ފޯނާ ގުޅުމުން ލިބިވަޑައިގަންނަވާނެ އެވެ.

ވީމާ، މި ދެ އިންޖީނު ނީލަމުން ނަންގަވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2018 އޭޕްރީލް 24 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ 14:00ގެ ކުރިން އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. ނީލަމަށް ހުށަހެޅޭ އެންމެމަތީ އަގު، މި އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެ އެވެ.

މި ނީލަމަށް އަގު ހުށަހެޅުއްވުމަށް ފޮނުއްވާ ސިޓީގައި އަގު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެހާއި އައި.ޑީ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު ބަޔާންކުރައްވަންވާނެ އެވެ. އީ-މެއިލްގެ ޒަރީޢާއިން އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ ފޮނުއްވާނީ، admin@alifalif.gov.mv އަށެވެ.

ބާވަތް

ޢަދަދު

ހާލަތު

ފެށޭއަގު

މަދުވެގެން ފަހަރަކު އިތުރުކުރެވޭ އަދަދު

އައުޓްބޯޑް އިންޖީނު

މޮޑެލް: EVINRUDE,  E225DCX

ހޯސްޕަވަރ:225

2

އެއް އިންޖީނު ރަނިން ކަންޑިޝަނުގައި.

އަނެއްއިންޖީނުގެ މައްސަލަ ޖެހިފައި

-/75,000 ރުފިޔާ

-/10,000 ރުފިޔާ

23 އޭޕްރިލް 2018