ނީލަން
ނަންބަރު: J-2018/27
ޕަބްލިޝްކުރި ތާރީޚް: 23 އޭޕްރިލް 2018
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 25 އޭޕްރިލް 2018 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައުތަކެތި ނީލަންކިޔުން

އިޢުލާން:

                             މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

-          އެއަރކޯންތަކެއް      (ހަލާކުވެފައިހުރި)

 

                             މި ތަކެތީގެ ނީލަން ފެށޭ އަގަކީ 200.00 (ދުއިސައްތަ) ރުފިޔާ އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 100.00 (އެއްސަތޭކަ) ރުފިޔާ އެވެ.

                           ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން 2018 އެޕްރީލް 25 ވާ ބުދަ ދުވަހުގެ 11:00 އާއި 12:00 އާ ދެމެދު އެތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑްގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 2018 އެޕްރީލް 25 ވާ ބުދަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުވަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރި ނުވެވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ، ނީލަން ބާޠިލްކޮށް  އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ.

                  މި ތަކެތި ބައްލަވައިލައްވަން ބޭނުންވެލައްވާ ފަރާތްތަކުން  ނަންބަރު 7793503 ފޯނާ ގުޅުއްވުން  އެދެމެވެ.

                              07 ޝަޢުބާން 1439   

                             23 އެޕްރީލް  2018  

23 އޭޕްރިލް 2018