ދިވެހިރާއްޖެ
`
ތާރީޚް: 25 އޭޕްރީލް 2018 ނަންބަރު: GS197/IUL/2018/011
ވަޒީފާގެ ފުރުޞަތު
|
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 01
ރޭންކް: ޖީ. އެސް 03
ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1
މުސާރަ : -/4465 ރުފިޔާ
ސަރވިސް އެލަވަންސް: -/1500 ރުފިޔާ
ވަޒީފާއޮތް އޮފީސް: ކަނޑުހުޅުދޫ ސްކޫލް
ގިންތި: ވަގުތީ (10 މަސްދުވަހަށް)
ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އިދާރީ / ގއ ކަނޑުހުޅުދޫ ސްކޫލް ، ގއ ކަނޑުހުޅުދޫ
އިތުރު ޢިނާޔަތްތައް :
1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ނޯޓް : ވަޒިފާއާއި ގުޅޭ ތަޖުރިބާގެ ލިޔުންތައް ހުށަހަޅާއިރު މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިނުވާ ލިޔުންތަކަށް ޕޮއިންޓް ނުދެވޭތީވެ، މަޤާމަށް ހުށަހަޅާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1- ސްކޫލްގެ ސްޓޮކް ބެލެހެއްޓުން (ސްކޫލުގެ އިދާރީ އަދި އެކަޑަމިކް މަސައްކަތަށް ގަނެގެން ގެނެވޭތަކެތި ޗެކްކޮށް ހަމައަށް ހުރިތޯ ބަލާ، ސްޓޮކް ފޮތުގައި ރެކޯޑްކޮށް، މުވައްޒަފުންނަށް އެތަކެތި ދޫކޮށް، ދުވަހުން ދުވަހަށް ސްޓޮކަށް އަންނަ ބަދަލު ސޮޓޮކް ބާކީ ގައި އަޕްޑޭޓްކުރުން.
2- ދަރިވަރުންގެ އޮންލައިން ހާޒިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
3- ޔައުމިއްޔާ ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން
4- މުވައްޒަފުންނަށް ފޮނުވަން ޖެހޭ ސަރކިއުލާތައް ފޮނުވާ ސަރކިއުލަރތަށް ފައިލްކުރުން.
5- ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަށް ތައްޔާރުކުރުމާއި ދަރިވަރުންނާއި ބެލެނިވެރިންގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން ފޮނުވަން ޖެހޭ ދަރިވަރުންގެ މައުލޫމާތު ފޮނުވުން.
6- ލިބޭމެސެޖް ތަކާއި އެހެނިހެން ޑޮކިއުމަންޓް ތަށް އެންޓްރީކޮށް، ފޮނުވާ މެސެޖްތަކާއި ސިޓީތަކުގެ ރެފަރެންސް ފޮތް ބެލެހެއްޓުން
7- އިދާރިގޮތުން ލިޔެކޔުންތައްބެލެހެއްޓުމަށްޓަކައި، ކޮންމެ އަހަރަކުވެސް ހަދަންޖެހޭ ފޮތްތަކާއި ފައިލްތަށް ހަދާފަ ބެލެހެއްޓުން.
8- ކޮންމެ އަހަރުވެސް ޓެކުސްޓް ފޮތްތަކާއި، ވައުވަރ ދޫކުރުމުގައި ބައިވެރިވުން
ދާއިރާ:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
- އިންފޮމޭޝަން ޓެކްނޮލޮޖީ
- ހިއުމަން ރިސޯސް މެނޭޖްމެންޓް
ޝަރުތު:
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.
ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މިސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ގއ ކަނޑުހުޅުދޫ ސްކޫލް އިދާރާއަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމުގެ އިންޓަވިއު، އޮންނާނީ 06 މެއި 2018 ން ފެށިގެން 7 މެއި 2018 އާ ދެމެދު ކަނޑުހުޅުދޫ ސްކޫލު އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. އަދި ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް 06 މެއި 2018 ގައި އޮފީސް ބަންދުވުމުގެ ކުރިން އެންގޭނެއެވެ.
މިމަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތައަކީ %30 (ތިރީސް އިންސައްތަ) އެވެ.
ޝޯޓްލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކަނޑުހުޅުދޫ ސްކޫލުގެ 7983078 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
25 އޭޕްރީލް 2018
20 ޝައުބާން 1439