ދިވެހިރާއްޖެ
އިޢުލާން
އެޕާރޓްމަންޓް ކުއްޔަށް ހިފުމާ ބެހޭ
މި ޔުނިވަރސިޓީގެނަންބަރު: 170BI/2018/44 (24 އޭޕްރީލް 2018) އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ނުވާތީވެ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 1 ކޮޓަރި އަދި 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ،މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ.
މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022115 3022120 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.