މަސައްކަތް
ނަންބަރު: I4C-A/2018/4
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 10 މޭ 2018 14:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ ރިޓެންޝަން މުއްދަތުގައި އިމާރާތުން ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅުކޮށްދޭނެ ފަރާތެއް ހޯދުން

އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓުގެ އިމާރާތުގެ މަސައްކަތްނިމި ރިޓެންޝަން މުއްދަތުގައި ފެނުނު ރަނގަޅުނޫން ކަންތައްތައް ރަނގަޅު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ކޯޓުގެ ނަންބަރު: I4C-A/2018/1 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ މަޢުލޫމާތުތައް ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ އދ. ފެންފުށީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

20 ޝަޢުބާން 1439

06 މޭ 2018