މަސައްކަތް
ނަންބަރު: I4C-A/2018/5
ޕަބްލިޝްކުރި ތާރީޚް: 06 މޭ 2018
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 10 މޭ 2018 14:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓު ހިންގާ އިމާރާތުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތް ކުރުން.

އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓު ހިންގާ އިމާރާތުގައި ކުރަން ހުރި ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކޯޓުން ކުރި ނަންބަރު: I4C-A/2018/3 (20 މާރިޗު 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ މަސައްކަތް ކުރުމަށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މަސައްކަތްކުރުމަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އަށް އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 14 މޭ 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

20 ޝަޢުބާން 1439

06 މޭ 2018