ދިވެހިރާއްޖެ
ނަންބަރ: MTCC-PD/IU/2018/0074.
އިޢުލާން
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ ގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް މުދާއުފުލާ 1 ދޯންޏެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުން:
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ ޕލކ ގެ ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ކ. ވިލިމާލެ، ގުޅިފަޅު އަދި ތިލަފުއްޓަށް މުދާ އުފުލުމަށް ކާގޯ ފެރީއެެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖޫން 5 ވަނަ ދުވަހުގެ 13:30 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޖޫން 12 ވަނަ ދުވަހުގެ 13:30 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ ބޯޑް ރޫމް އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
16 ރަމަޟާން 1439
31 މެއި 2018