ދިވެހިރާއްޖެ
މިސްކޫލްގެ ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިސްކޫލްގެ
ނަންބަރު: (IUL)GS-130/22/2018/11) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ހާޒިރު ވެފައިނުވާތީ،
އެއިޢުލާނު ބާޠިލުކޮށް، ޕްރިންސިޕަލް ހުންނަވާނެ ގެއެއް ނުވަތަ އެޕާރޓްމަންޓެއް ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަފަހަރަށް އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު
ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
11 ޖޫން 2018 ވާ ހޯމަ ދުވަހު 10:00 ގައި |
13 ޖޫން 2018 ވާ ބުދަ ދުވަހު 10:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.