ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0012
އިޢުލާން
އިމާރާތެއްގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ފަސާޑު ސްޕައިޑާ ގްލޭޒިން ސިސްޓަމް ބޭނުންކޮށްގެން ހަދައިދޭނެ ފަރާތެއް ހޯދުން:
އިމާރާތެއްގައި މި ކުންފުނިން ދޭ މައުލޫމާތާއި އެއްގޮތަށް ފަސާޑު ސްޕައިޑާ ގްލޭޒިން ސިސްޓަމް ބޭނުންކޮށްގެން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2018 ވާ އާދިއްތަ ދުވަހު 14:00 އަށް، މި ކުންފުނީގެ އޮފީސް، ހ.ސޯމިލް (ފުރަތަމަ ފަންގިފިލާ)، މީޓިންގްރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި 5 ޖުލައި 2018 ވާ ބުރާސްފަތި ދުވަހު 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުށައަޅުއްވަންވާނީ، މައުލޫމާތު ބައްދަލުވުމުގައި ދެވޭ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް އަދި އެއްފަރާތަކުން އެއް އަންދާސީހިސާބަށް ވުރެ ގިނަ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެފަދަ އަންދާސީހިސާބުތައް ބާޠިލްކުރެވޭނެއެވެ. އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެލައްވާ ފަރާތްތަކުގެ ހާޒިރުގައި އެ ބައްދަލުވުމުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިކުންފުނީގެ އޮފީސް، ހެންވޭރު ސޯމިލް (ބޮޑުތަކުރުފާނު މަގު ގޭޓް)، ފުރަތަމަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނުވަތަ 9996717 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
05 ޝައްވާލް 1439
19 ޖޫން 2018