ދިވެހިރާއްޖެ
މަތީތަޢުލީމްގެ ފުރުޞަތު |
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ އޮފް އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ. |
ނަންބަރު: 60(IUL)166-Schol/166/2018/ |
ތާރީޚް: 21 ޖޫން 2018 |
ސެންޓްރަލް ޔުނިވަރސިޓީ އޮފް ޓެމިލް ނާޑޫ 2018-2019 ގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް |
|
އިންޑިޔާގެ ސެންޓްރަލް ޔުނިވަރސިޓީ އޮފް ޓެމިލް ނާޑޫގައި ހިންގުމަށް ހަމަޖެހިފައިވާ ޕޯސްޓްގްރެޖުއޭޓް، އިންޓަރގްރޭޓަޑް އެމްއެސްސީ / އެމްއޭ އަދި ޑޮކްޓޯރަލް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުން އަންގަވާފައިވެއެވެ. ވީމާ، މިކޯސްތަކުގައި އަމިއްލަގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، މިއިޢުލާނާއިއެކުވާ ޕްރޮސްޕެކްޓަސްއިންނާއި ތިރީގައިވާ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ހޮވިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.
|