ދިވެހިރާއްޖެ
މުދާއުފުލާ 100 (ސަތޭކަ) ފޫޓުގެ ދޯންޏެއް ނީލަމުގައި ވިއްކާލުން
އެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރާ މިދަންނަވާ ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
ދޯނީގެ ތަފްސީލް
ނަން: ވެލާ
ދިގުމިން: 30.480 މީޓަރު (100 ފޫޓު)
ފުޅާމިން: 10.970 މީޓަރު (36 ފޫޓު)
ފުންމިން: 4.270 މީޓަރު (14 ފޫޓު)
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓްރީ ނަންބަރު: C4703B-03 10T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން
ނީލަމުގައު ދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.
- ނީލަން ފެށޭއަގަކީ 2،000،000.00ރ (ދެމިލިއަން ރުފިޔާ)އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 25،000.00ރ (ފަންސަވީސްހާސް ރުފިޔާ)އެވެ.
އަގުހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާނީ 04 ޖުލައި 2018 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އަށް އެސްޓީއޯ ސްޓާފްކުއަރޓަރސް އަށެވެ. އަގުހުށަހަޅުއްވާ ސިޓީތައް ކަޑާ އަގުއިޢުލާންކުރާނީ އެދުވަހެއްގައި ސިޓީ ހުށަހަޅުއްވާފަރާތްތަކުގެ ޙާޟިރުގައި ކޮންމެދުވަހެއްގެ 09:35 ގައެވެ. ރަސްމީ ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ދެދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.