ދިވެހިރާއްޖެ
އިޢުލާނު
ނަމްބަރ : (IUL)GS-130/22/2018/14
މަޤާމް: |
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން |
މަޤާމްގެ ނަންބަރު: |
J-127729 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމްގެ ގިންތި: |
ދާއިމީ |
މަޤާމްގެ ރޭންކް: |
ޖީއެސް 3 |
މަޤާމްގެ ކްލެސިފިކޭޝަން: |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އެޑްމިން |
މަޤާމް އޮތް އޮފީސް: |
ހިތާދޫ ސްކޫލް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހިތާދޫ ސްކޫލް، ބ.ހިތާދޫ |
މުސާރަ: |
-/4465 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
ސަރވިސް އެލަވަންސް: |
-/1500 ( އެއްހާސް ފައްސަތޭކަ ރުފިޔާ) |
އިތުރު އެލަވަންސް |
ސަޕޯޓިންގ ކޯ އެލަވަންސް 2 (-/700 ހަތް ސަތޭކަ ރުފިޔާ) |
އިތުރު ޢިނާޔަތްތައް: |
1- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
ދާއިރާ: |
އިންފޮމޭޝަން ޓެކްނޮލޮޖީ / ކޮމްޕިއުޓަރ ސައިންސް |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ސްކޫލުގެ ސަރވަރ މެއިންޓޭންކޮށް ބެލެހެއްޓުމާއި ރެކޯޑް މެއިންޓޭންކުރުން. 2- ސާރވަރ ބެކްއަޕް ނަގައި ބެލެހެއްޓުމާއި ޑޮކިއުމަންޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން. 3- ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި ރެކޯޑް ބެލެހެއްޓުން. 4- އައިޓީ އިންފްރސްޓްރަކްޗަރ އަށް ގެންނަންޖެހޭ ހުރިހާ ބަދަލެއް ގެނައުން. 5- ކޮމްޕިއުޓަރ ލެބް ބެލެހެއްޓުން. 6- އެން.ކޮމްޕިއުޓިންގ ސިސްޓަމް ބެލެހެއްޓުން. 7- ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި ސްކޫލުންބާއްވާ އެކިއެކި އިވެންޓްތަކުގައި ސައުންޑް ބެލެހެއްޓުން. 8- ސްކޫލަށް ބޭނުންވާ އައިޓީ އާއި ގުޅޭ ތަކެތި ހޯދުމަށް ބަޖެޓް ސެކްޝަނާއި ގުޅިގެން މަސައްކަތްކުރުން. 9- އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަންނަ ބަދަލުތައް ދިރާސާކޮށް ސްކޫލަށް ގެނެވޭނެ ބަދަލުތައް، މެނޭޖްމެންޓްގެ މަޝްވަރާގެމަތިން ގެނައުން. 10- މުވައްޒަފުން އިންފޮމޭޝަން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމަށް އެޗް.އާރު ސެކްޝަނަށް އެހީތެރިވުން. 11- ސްކޫލްގެ ކޮމްޕިއުޓަރ، ޕްރިންޓަރ އަދި ފޮޓޯ ކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކޮށް ބެލެހެއްޓުން. 12- ދަރިވަރުންނަށް އައި.ސީ.ޓީ ކުލާސް ނެގުން.
|
މަޤާމްގެ ޝަރުރުތައް: |
1- ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް ނުވަތަ ހަޔަރ ސެކަންޑްރީ ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. |
ވަޒީފާއަށް އެންމެޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު - މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން |
ހުށައަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯރމް (ވަޒީފާ އަށް އެދޭ ފޯމް ހިތާދޫ ސްކޫލްގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. 2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އިގޭފަދަ ކޮޕީއެއް. 4- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުއައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުގެ ލިއުން. 5- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: ހ. މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ފެންވަރުބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލާވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިންބޭރުގެ މަތީތަޢުލީމްދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރުބައްލަވައިފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމަކާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައވާފައިވާ ލިޔުމުގެ ކޮޕީ) ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމްދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުން. ނ. ސިވިލްސަރވިސް ޓްރެއިނިންގ އިސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 1. ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލްސަރވިސް ޓްރެއިނިންގ އިސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. 4. ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެވަޒީފާއެއް އަދާކުރިމުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. 5. އަމިއްލަ ކުންފުންނެއްގެ ނުވަތަ އަމިއްލަ އިސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާއަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށައަޅަންޖެހޭތަކެތި ހުށައަޅާނީ 2018 ޖުލައި 18 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހިތާދޫ ސްކޫލަށެވެ. އީމެއިލް ގެ ޒަރީޢާއިންނަމަ މެއިލް ކުރައްވާނީ admin@hithaadhooschool.edu.mv އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ. |
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަނަމަ އެބައިވެސް ހިމެނުން): |
މިމަޤާމަށް މީހަކުހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ މިއިއުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 3 ދުވަހުގެ ތެރޭގައި ހިތާދޫ ސްކޫލްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. ނޯޓް: އިންޓަވިއުއަށް ވަޑައިގަންނަވާއިރު ތަޢުލީމި ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކާއި އެހެނިހެން ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. |
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް ހުށައަޅާ ޝަރުތުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެން ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށްބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފާރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއުއަށް ދެންނެވޭނީ ޝޯޓްލިސްޓް ކުރުމަށް ފަހު އެފަރާތްތަކަށް އެކަންޏެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ % 45 އެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެވުމަށް ގުޅާނީ ރަސްމީގަޑިތަކުގައި 6600314 ނަންބަރު ފޯނާއެވެ. ނުވަތަ admin@hithaadhooschool.edu.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ |
10 ޖުލައި 2018