ދިވެހިރާއްޖެ
އިޢުލާން
ވެލި އުފުލުމަށް ފްލެޓް ބާޖް އާއިއެކު ޓަގް ބޯޓެއް ކުއްޔަށް ހިފުން
މި ސަރވިސަސްގެ ބޭނުމަށް ތިރީގައިއެވާ ރަށްތަކަށް ވެލި އުފުލުމަށްޓަކައި ފްލެޓް ބާޖް (40ft x 80ft) އާއިއެކު ޓަގް ބޯޓެއް ކުއްޔަށްހިފުމަށް ބޭނުންވެގެން ކުރި ނަންބަރު (IUL)447-PR/1/2018/72 (27 ޖޫން 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާންކުރަމެވެ.
- ކ.ހިންމަފުށި އިން ރ.އުނގޫފާރު އަށް
- ކ.ހިންމަފުށި އިން ބ.އޭދަފުށި އަށް
- ކ.ހިންމަފުށި އިން ތ.މަޑިފުށި އަށް
- ކ.ހިންމަފުށި އިން ޏ.ފުވައްމުލައް އަށް
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 29 ޖުލައި 2018 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސް އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 24 ޖުލައި 2018 ވާ އަންގާރަ ދުވަހުން ފެށިގެން 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ ރަސްމީގަޑީގައި ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3020853 އަށް ގުޅުއްވުން އެދެމެވެ.