ކުއްޔަށް ހިފުން
ނަންބަރު: (IUL)196-C/1/2018/36
ޕަބްލިޝްކުރި ތާރީޚް: 05 އޮގަސްޓް 2018
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި:
09 އޮގަސްޓް 2018 14:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ.
ނަންބަރު: IUL)196-C/1/2018/36)
އިޢުލާން
އެޕާޓްމަންޓެއް ބޭނުންވެއްޖެ.
މިއޮފީހުގެ ބޭނުމަށް 1 ކޮޓަރީގެ އެޕާޓްމަންޓް އަދި އޮފީސް ޖާގައެއް ޏ. ފުވައްމުލަކުން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)196-C/1/2018/28) އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީ، ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތަކާއެކު 2018 އޮގަސްޓު 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ، ސުންގަޑި ހަމަވުމުގެ ކުރިން pgoffice@pgoffice.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
- ކުލި
- ކުއްޔަށްދޫކުރަން ޤަޞްތުކުރާ މުއްދަތު
- ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް
- ޢިމާރާތުގެ ޙާލަތު އެނގޭނެ ލިޔުމަކާއި ކުލަ ފޮޓޯތައް
23 ޛުލްޤަޢިދާ 1439
05 އޮގަސްޓް 2018