ދިވެހިރާއްޖެ
އިޢުލާން
ކާޑެއްދޫ އެއަރޕޯޓް ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާއި ބެހޭ
ކާޑެއްދޫ އެއަރޕޯޓް ކެންޓީން ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 448/1/2018/19(IUL) އިޢުލާނާއި ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަނުވާތީއާއި އެމަޢުލޫމާތައް ބަދަލުތަކެއް އައިސްފައިވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް އެދި ޝަޢުގްވެރިވެލައްވާ ފަރާތްތަކުން 12 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 12:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް ކާޑެއްދޫ އެއަރޕޯޓް އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
01 ޒުލްހިއްޖާ 1439
05 އޯގަސްޓް 2018