ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2018/22
ކ.ތިލަފުށީގައި ބެހެއްޓިފައިވާ އިންސިނަރޭޓަރ އަދި ބެއިލިންގ މެޝިންތައް އޮޕަރޭޝަންއަށް ގެނައުމަށް ބޭނުންވާ ވެހިކަލް ކުއްޔަށް ހިފުމާއި ބެހޭ
ކ.ތިލަފުށީގައި ބެހެއްޓިފައިވާ އިންސިނަރޭޓަރ އަދި ބެއިލިންގ މެޝިންތައް އޮޕަރޭޝަންއަށް ގެނައުމަށް ބޭނުންވާ ވެހިކަލް ކުއްޔަށް ހިފުމަށް މި ކޯޕަރޭޝަނުން ބޭނުންވެގެން ކުރެވުނު އިއުލާނު ނަމްބަރު WAMCO-LOG/IUL/2018/21 އާއި ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އިއުލާން ނަމްބަރު WAMCO-LOG/IUL/2018/21 ބާތިލުކޮށް، އަލުން އިއުލާނު ކުރަމެވެ.
ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން (އިންޑަސްޓްރިއަލް ވިލެޖު) ގައި ހުންނަ މިކޯޕަރޭޝަންގެ އޮފީހުގެ ފުރަތަމަ ފަންގިފިލާއަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
12 އޯގަސްޓް 2018 (އާދީއްތަ) |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުން |
16 އޯގަސްޓް 2018 (ބުރާސްފަތި) |
14:00 (މެންދުރު) |
2018 އޯގަސްޓް 16 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު
ޕޯސްޓަލްކޯޑް:20161
މާލެ، ދިވެހިރާއްޖެ.
ފޯން ނަންބަރު: 3000581
ފެކްސް ނަންބަރު: 3000584
25 ޛުލްޤައިދާ 1439
07 އޮގަސްޓް 2018