ދިވެހިރާއްޖެ
މުދާ އުފުލަން ބޭނުންކުރާ 100 ފޫޓުގެ ދޯންޔެއް ނީލަމުގައި ވިއްކާލުން
އެސްޓީއޯއިން މުދާ އުފުލަން ބޭނުންކުރި 100 ފޫޓުގެ ކަހަނބު ދޯނި އިންޖީނާއިއެކު ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާން ކުރަމެވެ.
ދޯނިތަކުގެ ތަފްސީލް
ނަން: ކަހަނބު
ދިގުމިން: 30.480 މީޓަރު (100 ފޫޓު)
ފުޅާމިން: 10.970 މީޓަރު (36 ފޫޓު)
ފުންމިން: 4.270 މީޓަރު (14 ފޫޓު)
ގްރޮސްޓަނޭޖް: 86.590
ރަޖިސްޓްރީ ނަންބަރު: C4704B-03 10T
މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނި ބައްލަވާ ލެއްވުން
މިދޯނި ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމާއި ދޯނިބައްލަވާ ލެއްވުމަށް ގުޅުއްވާނީ މިކުންފުނީގެ އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އަލްފާޞިލް މުޙައްމަދު އަބްދުﷲ ފޯނު ނަންބަރު 7775274 ނުވަތަ 3012644 އަށެވެ.
- ނީލަން ފެށޭއަގަކީ 1،000،000.00ރ (އެއްމިލިއަން ރުފިޔާ)އެވެ.
- ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން 25،000.00ރ (ފަންސަވީސްހާސް ރުފިޔާ)އެވެ.
އަގުހުށަހެޅުން
މިދޯނި ނީލަމުން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގުހުށަހަޅުއްވާ ސިޓީތައް ބަލައިގަންނާނީ ރަސްމީ ދުވަސްދުވަހު ހެނދުނު 09:30 ގައި އެސްޓީއޯ ސްޓާފްކުއަރޓަރސްގެ އޮފީހުންނެވެ. އަދި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހަޅުއްވާ ސިޓީތައް ކަޑައި އަގު އާއްމު ކުރާނީ ސިޓީލާ އެންމެންގެ ޙާޟިރުގައި އެދުވަހެއްގެ ހެނދުނު 09:35 ގައި ކަމުގައިވެސް ދެންނެވީމެވެ. އަދި ހުށަހެޅިފައިވާ އެންމެ މަތީއަގު ސްޓާފްކުއަރޓަރސްގެ ނޯޓިސްބޯޑުން ފެންނަންހުންނާއެވެ. އަދި 20 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 09:30 އާހަމައަށް އަގުހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއްހުށަހަޅުއްވާ ފަރާތަކަށް ނީލަން ނިންމާލެވޭނެ ވާހަކަވެސް ދަންނަވަމެވެ.