ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: IUL)412/412/2018/17
ކޮނޑޭއިން ބިންކުއްޔަށް ދޫކުރުން:
ކޮނޑޭ ބަނދަރު ސަރަޙައްދުގައި އާއްމު ބާވަތްތަކުގެ ވިޔަފާރި ކުރުމަށް 1200 އަކަފޫޓްގެ 2 ބިން 10 ދިހަ އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ގަތުމުގެ ފުރުޞަތު 2018 ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ 14:00 އާއިހަމައަށް ވަނީ ހުޅުވާލެވިފައެވެ. ބިޑް ޑޮކިއުމެންޓް ގަތުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމާއި، ފޯމްގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ބިޑް ޑޮކިއުމެންޓްގެ އަގު ދެއްކެވުމުން ބިޑް ޑޮކިއުމެންޓް ދޫކުރެވޭނެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ ދިވެހިރައްޔިތެއް ނަމަ 100 (ސަތޭކަ ރުފިޔާ) އެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތެއްނަމަ 100 (ސަތޭކަ ޔޫ.އެސް ޑޮލަރ)އެވެ. އަދި މިބިން ކުއްޔަށް ނެގުމަށް ބިޑް ޑޮކިއުމެންޓް ގަންނަ ފަރާތްތަކަށް ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2018 ސެޕްޓެމްބަރ 26 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުށަހަޅަންޖެހޭ ތާރީޚަކީ 2018 އޮކްޓޯބަރ 04 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށެވެ.
ވީމާ، ކޮނޑޭ ބަނދަރު ސަރަޙައްދުން އާއްމު ވިޔަފާރި ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށް ނެގުމުގެ ފުރުޞަތު ހުޅުވާލަމެވެ.
13 ސެޕްޓެމްބަރ 2018