ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-E/10/2018/102
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:39
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކ. މާފުށީގައި ޤާއިމްކުރެވިފައިވާ "ފީމޭލް ޖުވެނައިލް ރިމާންޑް ޕްރިޒަން" އަދި "ވިމެންސް ރިމާންޑް ޕްރިޒަން" އަކީ ރިމާންޑް ޖަލުތަކެއް ކަމަށް ކަނޑައެޅުން
ކ. މާފުށީގައި ޤާއިމްކުރެވިފައިވާ "ފީމޭލް ޖުވެނައިލް ރިމާންޑް ޕްރިޒަން" އަދި "ވިމެންސް ރިމާންޑް ޕްރިޒަން" އަކީ ރިމާންޑް ޖަލުތަކެއް ކަމަށް، 13 ސެޕްޓެންބަރު 2018 ވަނަ ދުވަހު މިނިސްޓަރ އޮފް ހޯމްއެފެއާޒު ކަނޑައަޅުއްވާފައިވާތީ، މިކަން ޢާންމުކޮށް އެންގީމެވެ.
"ފީމޭލް ޖުވެނައިލް ރިމާންޑް ޕްރިޒަން" އަދި "ވިމެންސް ރިމާންޑް ޕްރިޒަން" ހިނގަމުންދާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.
06 މުޙައްރަމް 1440
16 ސެޕްޓެންބަރު 2018