ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-65-A/2018/43
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:18
ސުންގަޑި: 04 އޮކްޓޫބަރު 2018 13:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ލެބޯރެޓަރީ އެސިސްޓެންޓް

ވަޒީފާގެ ފުރުޞަތު

 ނަންބަރ: GS-65-A/2018/43

ތާރީޚް: 26 ސެޕްޓެމްބަރ 2018

މަޤާމް:

ލެބޯރެޓަރީ އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J239203

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާޢިމީ

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ސެކްޝަން:

އެކަޑަމިކް

މަޤާމް އޮތް އޮފީސް:

ވިލުފުށީ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ވިލުފުށީ ސްކޫލް، ތ.ވިލުފުށި

މުސާރަ:

4465/-

ސަރވިސް އެލެވަންސް:

-/1500ރ

ސަޕޯޓިންގ ކޯ އެލަވަންސް 1

ރ700/-

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-      ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ހެނދުނު 7:00 ގެ ކުރިން ސައެންސް ލެބް ހުޅުވާ ދުވަހުގެ މަސައްކަތަށް ތައްޔާރުކުރުން.

2-      ކުލާސްތަކަށް ކިޔަވައިދެއްވާ މުދައްރިސުން އެދި ލައްވާ ގޮތެއްގެމަތިން ލެބުގައި ޕްރެކްޓިކަލްސް ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުން.

3-      ސައެންސް ލެބްގެ ސްޓޮކް ދުވަހުން ދުވަހަށް ބަލަހައްޓައި، ޓީޗަރުންނަށް ދޫކުރާ ތަކެތީގެ ރަޖިސްޓަރީ ބެލެހެއްޓުން.

ސައެންސް ލެބުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ތަކެތި ގެންގުޅުމުގައި ފަރުވާ ކުޑަކުރާ ފަރާތްތަކަށް ސްކޫލް އިދާރާ މެދުވެރިކޮށް ފިޔަވަޅުއެޅުމަށް މަޝްވަރާދިނުން.

1-      ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން.

2-      އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި،

އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރަންވާނެއެވެ.

3-       ލެބޯޓްރީގެ އިންވެންޓްރީ ބެލެހެއްޓުން.

4-        ލެބޯޓްރީއަށް ބޭނުންވާ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް، މާއްދާ ކިޔަވައިދެއްވާ ޓީޗަރުންގެ ލަފާގެމަތިން، ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން.

5-       ލެބޯޓްރީގައި ހުންނަ ކެމިކަލްތަކާއި އެހެނިހެން ސާމާނުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6-       ީޗަރުންނަށް އެކްސްޕެރިމަންޓަށް ބޭނުންވާ ތަކެތި ތައްޔާރުކޮށްދިނުން.

7-       ޕްރެޓިކަލް ހަދަން ލެބަށްދާ ދަރިވަރުންނާއި ޓީޗަރުންނަށް އެހީތެރިވެދިނުން.

8-       ޕްރެޓިކަލްހަދަންބޭނުންކުރާ ސާމާނުދޮވެ ސާފުކުރުވުން.

9-       ލެބޯޓްރީއަށް ޕްރެޓިކަލްހަދަން އަންނަ ޓީޗަރުންގެ ރެކޯޑްތައް ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު،

އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ދާއިރާ

  • ސައިންސް ސްޓްރީމް ހަދާފައި ހުރުން
  • ލެބޯޓްރީ އާއި ގުޅޭ ކޯސްތައް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
  2.  މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް،

ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛

 ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-    ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7-    ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8-    މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،

ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،

ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛

ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 އޮކްޓޯބަރ 2018 ގެ 13:00 ގެ ކުރިން، ވިލުފުށީ ސްކޫލް އަށެވެ.

ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް admin@vilufusheeschool.edu.mv މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،

އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 5 އޮކްޓޯބަރ 2018 އާއި 9 އޮކްޓޯބަރ 2018 އާ ދެމެދު، ވިލުފުށީ ސްކޫލް ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7940633 އަށެވެ. އީ-މެއިލް ކުރާނީ admin@vilufusheeschool.edu.mv އަށެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

26 ސެޕްޓެންބަރު 2018