މަސައްކަތް
ނަންބަރު: (IUL)321/321/2018/101
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 08 އޮކްޓޫބަރު 2018 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިޔެލާޖެހުމުގެ ކޯހުގައި ކިޔަވައި ދެއްވާނެ އިންސްޓްރަކްޓަރަކު ހޯދުން

 

                    ނަމްބަރ: IUL)321/321/2018/101   

އިޢުލާން

 

                      ރާއްޖޭގެ އެކިއެކި އަތޮޅުތަކުން ލިޔެލާޖެހުމުގެ 01 މަސްދުވަހުގެ ތަމްރީން ކޯސްތައް ހިންގައި ދިނުމަށް މިކައުންސިލްގައި އެދިލައްވާ ރަށްރަށުގައި ކިޔަވައި ދެއްވާނެ އިންސްޓްރަކްޓަރަކް ހޯދަން ބޭނުންވެއްޖެއެވެ. މިކޯހުގައި ކިޔަވައިދެއްވާ އިންސްޓްރަކްޓަރުގެ ކިބައިގާ މިދަންނަވާ ޝަރްޠުތައް ފުރިހަމަވާންޖެހެއެވެ.

 

  1.  ޢުމުރުން 18 އަހަރާ 60 އަހަރާއި ދެމެދުގެ ބޭފުޅަކު ކަމުގައި ވުން
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހަކު ކަމުގައިވުން
  3.  

އިންސްޓްރަކްޓަރަކް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ މިންގަނޑު:

އަތްތެރިމަސައްކަތުގެ މަޢުރަޒުގައި ބައިވެރިވެ ލިޔެލާޖެހުމާ، ލާފެންކުރުމުގެދާއިރާއިން:

1 ވަނަ ލިބިފައިވާ ނަމަ:  2.5 ޕޮއިންޓް

2 ވަނަ ލިބިފައިވާ ނަމަ: 1.5  ޕޮއިންޓް

3 ވަނަ ލިބިފައިވާ ނަމަ: 1   ޕޮއިންޓް

މަސައްކަތުގެ ތަޖްރިބާ:

ލިޔެލާޖެހުމުގެ މަސައްކަތުގައި 10 އަހަރަށްވުރެ ގިނަ މުއްދަތުގެ ތަޖުރިބާ  10  ޕޮއިންޓް

ލިޔެލާޖެހުމުގެ މަސައްކަތުގައި 8 - 10 އަހަރާ ދެމެދުގެ ތަޖުރިބާ       8  ޕޮއިންޓް

ލިޔެލާޖެހުމުގެ މަސައްކަތުގައި  6 - 8 އަހަރު ތަޖުރިބާ            6   ޕޮއިންޓް

ލިޔެލާޖެހުމުގެ މަސައްކަތުގައި 6 އަހަރަށްވުރެ ދަށް ތަޖުރިބާ          4   ޕޮއިންޓް

ހުށަހަޅާ އަގު ( އެންމެކުޑަ އަގު ބެންޗް މާކެއް ކަމުގައި ބެލުމަށް )         35   ޕޮއިންޓް

 

ލިޔެލާޖެހުމާ، ލާފެންކުރުމުގެމަސައްކަތުގެ ތަމްރީނު ޕްރޮގްރާމް ހިންގައިދީފައިވާނަމަ:

01 ހަފްތާއާއި 04 ހަފްތާއާއި ދެމެދު   12 ޕޮއިންޓް

4 ހަފްތާއިން މަތި               20 ޕޮއިންޓް

 

 

ވީމާ، .35،000.00 (ތިރީސްފަސްހާސް ރުފިޔާ) އަށް ވުރެ ބޮޑު ނޫން އަގަކަށް މިކަން ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 08 އޮކްޓޯބަރ 2018 ވާ ހޯމަދުވަހުގެ 14:00 ކުރިން، ތިރީގައި މިދަންނަވާ މަޢުލޫމާތާއެކު މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

 

  • ސިޓީއާއިއެކު ހިމަނަންޖެހޭ މަޢުލޫމާތު:-

-          އަތްތެރި މަސައްކަތުގެ މަޢުރަޒުގައި ބައިވެރިވެ ލިޔެލާޖެހުމާ، ލާފެންކުރުމުގެ ދާއިރާއިން ސެޓްފިކެޓެއް ނުވަތަ ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއް.

-           ލިޔެލާޖެހުމާ، ލާފެންކުރުމުގެ މަސައްކަތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދީފައިވާނަމަ އެފަދަފަރާތެއްގެ ލިޔުމެއް

-           ލިޔެލާޖެހުމުގެ މަސައްކަތް ކޮށްފައިވާ މުއްދަތު އެނގޭނޭ ރަސްމީ ފަރާތެއްގެ ލިޔުން

-           މުއްދަތު ހަމަނުވާ، އައި.ޑީ ކާޑުގެ ދެފުށުގެ ކޮޕީ

-           ހުށަހަޅުއްވާ އަގު

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

17   މުޙައްރަމް   1440

27  ސެޕްޓެމްބަރ  2018

27 ސެޕްޓެންބަރު 2018