ދިވެހިރާއްޖެ
ނަންބަރު:MREIC/IU/2018/0022
މަސައްކަތް
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:
މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކޮންޓްރެކްޓަރ ރެޖިސްޓަރ ހެދުމަށް ބޭނުންވެއެވެ.
- ބިލްޑިންގ ފޮޅާ ސާފު ކޮށްދިނުން
- ކަސްޓަމްސް ކްލިއަރެންސް އަދި ލޮޖިސްޓިކަލް ސަރވިސް
މީގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރު 01 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު hr@mreic.com.mv އަށް އީމެއިލް ކުރެއްވުމުން، އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
އީމެއިލް ސަބްޖެކްޓް: ކޮންޓްރެކްޓަރ ރެޖިސްޓަރ
ޝައުގުވެރިވެލައްވާ ފަރާތް (ކުންފުނީގެ ނަން / ވިޔަފާރީގެ ނަން):
ކުންފުނި / ވިޔަފާރި ތަމްސީލް ކުރާފަރާތުގެ ނަން:
ގުޅޭނެ ނަމްބަރ:
އެޕްލިކޭޝަން ފޯމު ހުށައަޅުއްވަންވާނީ، މިކުންފުނީގެ އީމެއިލް އެޑްރެސް hr@mreic.com.mv އަށް، ނުވަތަ މިކުންފުނީގެ އޮފީސް، އެމްޓީސީސީ ސޯމިލް (ފުރަތަމަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) އަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
16 މުޙައްރަމް 1440