ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލެވޭ ފުރުސަތު
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އަށް ހުޅުމާލެއިން ނިމިފައި ހުރި އިމާރާތަކުން 1000 އަކަފޫޓުގެ ގެ ޖާގައިގެ ފްލޯރއެއް (ގްރައުންޑް ފްލޯ ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދެވޭނެ) ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިގޮތުން ކުއްޔަށް ދެއްވަން ޝަޢުގު ވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ ހެދުނު 11:00 އަށް މިކުންފުންޏަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު، ތިރީގައި މިހިމަނާ މަޢުލޫމާތު ހިމެނޭގޮތައް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ދެންނެވީމެވެ.
1- އިމާރާތުގެ ރަޖިސްޓްރީގެ ކޮޕީ އަދި ވެރިމީހާ އައި.ޑީ ކާޑުގެ ކޮޕީ
2- ކުއްޔަށް ދެއްވަން ގަސްދު ކުރައްވާ އަގު(ދިވެހި ރުފިޔާއިން)
3- އެޑްވާންސްގެ ގޮތުގައި ނަންގަވަން ގަސްދު ކުރައްވާ އަގު
4- ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
5- އިމާރާތް ބޭނުން ކުރުމުގެ ހުއްދަ އާއި ކުއްޔަށް ދޭން ގަސްދުކުރާ ފްލޯގެ ޕްލޭން
6- ފޮލޯރ ރީތިކޮށް ފެންނާނެ ގޮތުގެ 4 ފޮޓޯ
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން:
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.
ހ. މިއަލަނި، 4 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ