ދިވެހިރާއްޖެ
ދަނޑުގޮވާންކުރުމަށް ބިންދޫކުރުމާއި ބެހޭ
މިރަށުގައި ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިންތަކުގެ ތެރެއިން ތިރީގައި މިވާ ބިންތައް 3 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
1) އަލްމަރުޙޫމް އަޙްމަދު ޙުސެއިން، މީނާޒު، ދ. ބަނޑިދޫ ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިން. މިބިމުން ދޫކުރުމަށް ހަމަޖެހިފައިނީ 9000 އަކަފޫޓްގެ 2 ދަނޑެވެ. (އިރުމަތިފަރާތް: 1 ނަންބަރ ބިން. ހުޅަނގުފަރާތް: 2 ނަންބަރ ބިން)
2) އަލްމަރުޙޫމް މޫސާ އިބްރާޙީމް، ދިލްބަހާރުގެ، ދ. ބަނޑިދޫ ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިން. މިބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓް 1 ދަނޑެވެ. (3 ނަންބަރ ބިން)
3) އަލްމަރުޙޫމް ޢީސާ މުޙައްމަދު، ފޭރުގަސްދޮށުގެ، ދ. ބަނޑިދޫ ދަނޑުހެއްދުމަށް ބޭނުންކުރަމުން އައި ބިން. މިބިމުން ދޫކުރުމަށް ހަމަޖެހިފައިވަނީ 5000 އަކަފޫޓްގެ 2 ދަނޑެވެ. (އިރުމަތިފަރާތް: 4 ނަންބަރ ބިން. ހުޅަނގުފަރާތް: 5 ނަންބަރ ބިން)
4) ބަނޑިދޫ އިޖުތިމާޢީ މަރުކަޒު ގޯތީ ބިން. މިބިމުން ދޫކުރުމަށް ހަމަ ޖެހިފައިވަނީ 5000 އަކަފޫޓް 1 ބިމެވެ. (6 ނަންބަރ ބިން)
މިބިންތައް ކުއްޔަށް ނެގުމަށް އެންމެ ދަށްއަގެއްގެ ގޮތުގައި ހުށަހެޅީނީ އަކަފޫޓަކަށް މަހަކު 10ލާރީގެ ރޭޓުންނެވެ. އަދި ދަނޑުގޮވާންކުރުން ފިޔަވައި އިތުރުއެއްވެސް މަސައްކަތެއް މިބިންތަކުގައި ނުކުރެވޭނެއެވެ.
މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން ހުށަހޅުއްވާ ސިޓީތައް ބަލައިގަތުމާއި ކެނޑުމަށް ހަމަޖެހިފައިވަނީ 31 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 11:00 ގައި މިކައުންސިލްގެ އިދާރާގައެވެ. އަދި ހުށަހަޅުއްވާ ސިޓީތަކުގައި ކުއްޔަށް ހިފަން ބޭނުންވާ އަގާއި ބިމުގެ ނަންބަރ ސާފުކޮށް ލިޔުމުން އެގެން އޮންނަން ވާނެއެވެ. ކޮންމެ ބިމެއްވެސް އެގްރިމެންޓްކޮށް ހަވާލުކުރެވޭނީ އެބިމެއް ކުއްޔަށް ހިފުމަށް އެންމެ މަތީ އަގެއް ހުށަހަޅުއްވާ ފަރާތަކާއެކުގައެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅެވެ ލައްވާނަމަ 7909781، 7730419 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.
21 އޮކްޓޯބަރ 2018