ދިވެހިރާއްޖެ
އިޢުލާން
ކޮޓަރި ކުއްޔަށް ހިފުމާއިބެހޭ
މ. ވޭވަށުގެ ފެން ރައްކާކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ވޭވަށުގައިތިބޭ މުވައްޒަފުން ތިބުމަށް ދެކޮޓަރި ކުއްޔަށް ހިފުމަށް ބޭނުން ވެއެވެ.
ވުމާއިއެކު ދެންނެވި ބޭނުމަށް 02 ކޮޓަރި، 02 ފާޚާނާ، ދެންނެވިދިޔަ ޕްރޮޖެކްޓްގެ މަސައްކަތް ނިމެންދެން ކުއްޔަށް ދިނުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީހިސާބު ވޭވަށު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 6720035 އާއި 9909988 ނަމްބަރު ފޯނާއި ގުޅުއްވުމުން މަޢުލޫމާތު އޮޅުންފިލުއްވައި ދެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 31 އޮކްޓޯބަރ 2018 ވަނަ ދުވަހުގެ 10:00 އަށް ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަނދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، ހުށަހަޅުއްވާފަރާތުން މީހަކު ފޮނުވަން ވާނެއެވެ. މިގޮތަށް މީހަކު ނުފޮނުވާ ހުށަހެޅޭ އަންދާސީ ހިސާބުތަށް ބާޠިލް ކުރެވޭނެއެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ހުށަހަޅާފަރާތްތަކުގެ ހާޒިރުގައި 31 އޮކްޓޯބަރ 2018 ވާ ބުދަދުވަހުގެ 10:00 ގައި ވޭވަށުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.
23 އޮކްޓޯބަރ 2018