ދިވެހިރާއްޖެ
FNK-B/IUL/2018/436
އިޢުލާން
ނީލަންކިޔުމާ ބެހޭ:
ގޮނޑި، އައިޓީ،މޭޒު ފަދަ ބައެއް ބާތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ. މިކުންފުނިން ދެފަހަރެއްގެމަތިން އިޢުލާނު ކޮށްގެންވެސް އެއްވެސްފަރާތަކުން ނީލަމުގައި ބައިވެރިވެފައިނުވާތީ އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ތަކެތީގެ ނީލަން ފެށޭ އަގަކީ -/2000 (ދެހާސް) ރުފިޔާއެވެ. މިތަކެތީގެ ނީލަމަށް އިތުރުކުރެވޭނީ މަދުވެގެން -/200 (ސަތޭކަ) ރުފިޔާއެވެ.
މި ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2018 ނޮވެމްބަރ 04 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު ލިޔުއްވައި، ސިޓީއުރައެއްގައި ބަންދުކޮށް 2018 ނޮވެމްބަރ 07 ވާ ބުދަ ދުވަހުގެ 14.00 އަށް މި ކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.
މިތަކެތީގެ ނީލަން ނިމޭތާ 2 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބުކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ތަކެތިނައްތާލެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
31 އޮކްޓޯބަރ 2018