ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނަންބަރު (3)22-C/22/2014/34 ތާރީޚު 31 ޑިސެމްބަރ 2014 މެސެޖުން އަންގަވާފައިވާ ގޮތަށް ސްކޫލް މަދްރަސާތަކުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ނިންމާފައިވުމާއި ގުޅިގެން 1 ޖަނަވަރީ 2019 އިން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުތަކުގައި ހުޅުދޫސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
18 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހު 09:00 އަށް |
28 ނޮވެމްބަރ 2018 ވާ ބުދަ ދުވަހު 09:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6894068 ނަންބަރު ފޯނާއެވެ.