މަސައްކަތް
ނަންބަރު: GS-155/IUL/2018/028
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 28 ނޮވެންބަރު 2018 13:00
އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުން

                                

         މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން މިހާރު ޙަވާލުކޮށްފައިވާ ފަރާތާއިއެކު ކޮށްފައިވާ އެގްރިމެންޓްގެ މުއްދަތު 2018 ޑިސެމްބަރ 31 ގެ ނިޔަލަށް ހަމަވާތީ، ކުރިއަށް އޮތް 2019 ވަނަ އަހަރަށް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.  

         ވީމާ، މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިދަންނަވާ ތާރީޚަށް މިސްކޫލަށް ޚާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން

2018 ނޮވެމްބަރ 15 ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި

އަންދާސީހިސާބު ހުށަހެޅުން

2018 ނޮވެމްބަރ 28 ބުދަ ދުވަހުގެ މެންދުރު 13:00 ގައި

 

                     މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

06 ނޮވެންބަރު 2018