ދިވެހިރާއްޖެ
އިޢުލާން
55 ނަންބަރު ކޮށީގައިވާ ޢިމާރާތް ކުއްޔަށް ދޫކުރުމާއިބެހޭ
މިކައުންސިލުގެ ބެލުމުގެދަށުގައިވާ 55 ނަންބަރު ކޮށީގައިވާ ކުރީގެ އައިލެންޑް އިމްޕްރޫވްމަންޓް އެސޯސިއޭޝަންގެ ބިމުގައިވާ ޢިމާރާތް ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
10 ޑިސެމްބަރ 2018 |
ހޯމަ |
ހެނދުނު 11:30 |
ޕްރޮޕޯސަލް ހުށަހެޅުން |
13 ޑިސެމްބަރ 2018 |
ބުރާސްފަތި |
ހެނދުނު 11:30 |
ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
25 ރަބީޢުލްއައްވަލް 1440
03 ޑިސެމްބަރ 2018