ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ.
ނަންބަރ: (IUL)10-M/10/2018/108
އިޢުލާން
މޯލްޑިވްސް މީޑިއާ ކައުންސިލް އިންތިޚާބުގައި ވޯޓުލުމާއި، އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މިދައުރު ހަމަވާތީ، މިކައުންސިލަށް އަލުން މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ވޯޓުގައި، ވޯޓުލުމަށާއި، އޮބްޒާވަރުންގެ ގޮތުގައި އާއި މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކުރުން 2018 ޑިސެމްބަރު 10 ،11 ،12 މިދުވަސްތަކުގެ ހެނދުނު 9:00 ން ފެށިގެން މެންދުރު 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި އޮންނާނެއެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާފޯމް މިމިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv ގެ ޑައުންލޯޑް ކުރެވޭނެއެވެ.
ރަޖިސްޓްރީކުރުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ތަމްސީލުކުރާ ފަރާތް ނުވަތަ މީޑިއާ އެނގޭނެގޮތުގެ ލިޔުމެއް ގެންނަންވާނެއެވެ. އަދި މީގެއިތުރުން އެއިދާރާއަކުންވެސް އޮބްޒާވަރެއްގެ ގޮތުގައި ކަނޑައަޅުއްވާ ބޭފުޅެއްގެ ފުރިހަމަ މަޢުލޫމާތާއި އައިޑީކާޑްގެ ކޮޕީއެއް ހުށަހެޅުއްވުމުންވެސް ރަޖިސްޓްރީކޮށްދެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
01 ރަބީޢުލްއާޚިރު 1440
08 ޑިސެންބަރު 2018