ދިވެހިރާއްޖެ
ނަންބަރ:MTCC-PD/IU/2018/0184
އިޢުލާން
އެމްޓީސީސީ އަށް ސުޒުކީ ކެރީ ޓްރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
އެމްޓީސީސީ އަށް 350 KG ގެ ސުޒުކީ ކެރީ ޓްރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ޢިއުލާން (MTCC-PD/IU/2018/0169) ނަންބަރއަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި އިޢުލާން ބާތިލުކޮށް، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 27 ވަނަ ދުވަހުގެ 10:00 އަށް، އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ޖަނަވަރީ 03 ވަނަ ދުވަހުގެ 10:00 އަށް އެމްޓީސީސީ ހެޑްއޮފީސް 7 ވަނަ ފަންގިފިލާ (ބޯޑް ރޫމް) އަށް، ބަންދުކުރެވިފައިވާ ސިޓީއުރައިގައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.
11 ރަބީޢުލްއާޚިރު 1440
19 ޑިސެމްބަރ 2018