ދިވެހިރާއްޖެ
ނަންބަރު:FNK-I/IUL/2018/125
އިޢުލާން
ރ.ކިނޮޅަސް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި ޢިމާރާތެއް ކުއްޔަށް ހިފުމާއިގުޅޭ:
މިކުންފުނީގެ ރ.ކިނޮޅަސް ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމާގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ރ.ކިނޮޅަސްބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ. އަދި މަޢުލޫމާތު ކަރުދާސް މި އިޢުލާންއާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅާނީ31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:30އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަރ.ކިނޮޅަސްބްރާންޗަށެވެ. ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
19 ރަބީއުލް ޢާހިރު 1440
26 ޑިސެމްބަރ 2018