މަސައްކަތް
ނަންބަރު: GS11 / 2018 / 23
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 06 ޖަނަވަރީ 2019 13:00
ފ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ދޮރާއި ދޮރުފަތް ބަދަލު ކުރުން

ފ. އަތޮޅު މަދަރުސާ 

ފ. ފީއަލި - ދިވެހިރާއްޖެ 

ނަންބަރު:  23/2018/11GS

 

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

ހޯލުޢިމާރާތުގެ ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރުތަކަށް ބަދަލުކުރުން

 

މިމަދަރުސާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ ހޯލު ޢިމާރާތުގައިވާ ލަކުޑި ދޮރުތައް އެލްމެނިއަމް ދޮރުތަކަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 31 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިމަދަރުސާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތަށް މަޢުލޫމާތުދޭގަޑީގައި މަޢުލޫމާތުދެވޭނީ، ޙާޒިރުވާ ކޮންމެބޭފުޅަކަށްވެސް 1 (އެކެއް) ފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ހާޒިރުނުވެވުނު ސަބަބާއި، ފޮނުއްވާ ފަރާތުގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި، އަދި  ގަޑިޖެހިގެން ގެންނަ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

20  ރަބީޢުލްއާޚިރު 1440 ހ.

27  ޑިސެމްބަރ  2018 މ. 

27 ޑިސެންބަރު 2018