ދިވެހިރާއްޖެ
އިޢުލާން
ނަމްބަރ: 02/2019
2 ކޮޓަރީގެ އެޕާރޓްމަންޓެއް ހޯދުން
މިމަދަރުސާގެ އިސްވެރިޔާ ހުންނެވުމަށްޓާކައި 02 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ.
މައުލޫމާތު ދިނުމުގެ ސެޝަން |
އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން |
10 ޑިސެމްބަރ 2019 ( ބުރާސްފަތި ) ދުވަހުގެ 13:30 |
13 ޖަނަވަރީ 2019 ( އާދީއްތަ) ދުވަހުގެ 13:30 |
މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރ ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަނަބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަޥާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިސްކޫލުގެ ނަމްބަރ 7904937 ފޯނަށް ގުޅުއްވުން އެދެމެވެ.