ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266/266/2019/2
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި:
15 ޖަނަވަރީ 2019 14:00
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1440 ވަނަ އަހަރުގެ ރަށު ޤުރުއާން މުބާރާތަށް ފަނޑިޔާރުން ހޯދުން.
ރަށު ފެންވަރުގައި ބޭއްވޭ ޤުރުއާން މުބާރާތް 15، 16 ފެބްރުއަރީ 2019 ގައި ހދ. ކުޅުދުއްފުށީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޤުރުއާން މުބާރާތަށް ފަނޑިޔާރުން ބޭނުންވާތީ ފަނޑިޔާރުކަން ކުރުމަށް ޝައުޤުވެރިވެ ލައްވާ ފަރާތް ތަކުން 15 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ އީމެއިލް އެޑްރެސް: kulhudhuffushicouncilquran@gmail.comއަށް ސިޓީ ފޮނުވުން އެދެމެވެ. އަދި ފޮނުއްވާ ސިޓީއާއި އެކު ސަނަދު ތަކުގެ ކޮޕީ ހުށަހެޅުން އެދެމެވެ.
ޝަރުތު:
- ޤާރީ ލެވެލް 3 ފެންވަރުގެ ސަނަދެއް ހާޞިލްކޮށްފައިވުން ނުވަތަ
- މުދިމް ތަމްރީން ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން ނުވަތަ
- ޤުރުއާން މުދަރިސްކަމުގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވުން
މިމުބާރާތުގައި ފަނޑިޔާރުކަން ކޮއްދެއްވާ ފަރާތްތަކަށް -/3000 ރުފިޔާގެ އެލަވަންސް އެއް ދެވޭނެއެވެ. މީގެ އިތުރުން ރަށުން ބޭރުން ވަޑައިގަންނަވާ ފަޑިޔާރުންގެ ހުރުމާއި ކެއުން ހަމަޖައްސައިދެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރު: 6527187 އާއި ގުޅުއްވުން އެދެމެވެ.
02 ޖަނަވަރީ 2019