ދިވެހިރާއްޖެ
ށ.އަތޮޅުތަޢުލީމީ މަރުކަޒު
ށ. ކޮމަންޑޫ
ނަންބަރ: 01/GS09/2019
އިޢުލާން
ޕްރިންސިޕަލް ގޭ މަރާމާތުކުރުމާއިބެހޭ
މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވާ ގޭގެ ބައެއްފާޚާނާތަކާއި ، ސީލިންގ އާއި، ބައެއް ކުޑަދޮރުތަކާއި ބޮޑުދޮރުތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.
މިމަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖެނުއަރީ 2019 ވަނަ ދުވަހުގެ މެންދުރުފަހު 13:00ށް މިމަރުކަޒަށް ޙާޟިރުވެ
މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖެނުއަރީ 2019 ވަނަ ދުވަހުގެ މެންދުރުފަހު 13:00ށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބް ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެވާހަކަ ދަންނަވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ
ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި، އެހެން ފަރާތަކުން ޙާޞިރުވާނަމަ އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު،
ދުރުވެދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރަމެވެ.
30 ރަބީއުލްއާޚިރު 1440
06 ޖެނުއަރީ 2019