ދިވެހިރާއްޖެ
މަގުމަތީ ބައްތިއާއި ބަނދަރު ބައްތި މަރާމާތު ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ދެންނެވިފައިވާ ތަކެތި ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން: 13 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:30
- އަންދާސީ ހިސާބު ހުށަހެޅުން: 17 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:30
މައުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާން ކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑާއި ބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި ބިޑު ހުށަހެޅުމަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6528831 އަށް ގުޅުއްވުން އެދެމެވެ.