ވަޒީފާގެ ފުރުޞަތު
ނަންބަރު: GS135/IUL/2019/03
ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 15 ޖަނަވަރީ 2019 13:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ބ.މާޅޮހު ސްކޫލް

ބ.މާޅޮސް

ވަޒީފާގެ ފުރުޞަތު


މަޤާމް:

 މަސައްކަތު

މަޤާމްގެ ނަންބަރު:

 J-130089

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކް:

 އެސް.އެސް 1

މަޤާމުގެ ކުލެސިފިކޭޝަން:

 ސަޕޯޓް ސްޓާފު ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން :

ބ.މާޅޮހު ސްކޫލް  / ބ.މާޅޮސް

މުސާރަ:

 މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

 މަހަކު -/1000ރުފިޔާ

އެހެނިހެން އެލަވަންސް:

- ސަޕޯޓިންގ ކޯރ އެލަވަންސް  މަހަކު -/1200ރުފިޔާ

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. - ސްކޫލް ގޯތިތެރެއާއި ސްކޫލް ހިމެނޭ ސަރަހަށްދުގެ މަގުތައް ކުނިކަހައި ސާފް ކުރުމާއި، ކްލާސްތައް ކުނިކަހައި މޮޕްކުރުމާއި، ސާފުކުރުން (ފޮޅާ ސާފް ކުރުމާއެކު)
  2. ހަވާލުކުރެވޭ އެންމެހައި އިމާރާތްތައް ކޮންމެދުވަހަކު ފޮޅާސާފުކޮށް ބެލެހެއްޓުމާއި، އެއިމާރާތްތަކުގެ ފަންކާތައް ސާފުކުރުން.
  3. ހަވާލުކުރެވޭ ފާޚާނާތައް ކޮންމެ ދުވަހަކު ސާފްކުރުން.
  4. ސްކޫލްގައި ބާއްވާ ޖަލްސާތަކާއި ބައްދަލުވުންތަކާއި އިމްތިޙާންތަކަށް ހޯލްތައްޔާރުކުރުމާއި، އެކަން ނިމުމުން ކްލާސްތައް ރޭވުން.
  5. ހަވާލުކުރެވޭ އެންމެހާ މެޝިނަރީސްތައް، ކޮންމެދުވަހަކު ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  6. އިތުރުހަރަކާތްތައް ހިންގާ ވަގުތުތަކާއި ދުވަސްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން މަސައްކަތް ކުރުން.
  7. ސްކޫލް ގޯތިތެރޭގައިވާ ރުއްގަސްތަކުގެ ތެރެއިން ހަވާލުކުރެވޭ ރުއްގަސްތަށް ކޮށައި ބެލެހެއްޓުން.
  8. ފާޚާނާއަށްދާ ދަށް ގްރޭޑްގެ ދަރިވަރުންނަށް އެހީތެރިވުން.

     އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔެކިޔުންތަށް ހަވާލުކުރުމާއި،ދަންނަވަން ޖެހޭ ފަރާތްތަކަށް ދެންނެވުން.      

މަޤާމުގެ ޝަރުޠުތައް:

- ލިޔަންކިޔަން އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު. ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެwww.csc.gov.mv ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3 - ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 5 - ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ހ – މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

ށ . މަތީ ތައުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6 - ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ  ކޮޕީ.

7 – ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8 -  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

       ހ . ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

        ށ . އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރިމުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދުބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 ޖަނަވަރީ 15 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ބ.މާޅޮހު ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،admin@bmaalhohuschool.edu.mv އެވެ. އަދި އިއުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާތިލް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ޖަނަވަރީ 16 އާއި 2019 ޖަނަވަރީ 17 އާ ދެމެދު، މާޅޮހު ސްކޫލް ގައެވެ.ވުމާއެކު މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600020ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނި  admin@bmaalhohuschool.edu.mv އަށެވެ.

1 ޖުމާދިލް އޫލާ 1440

7 ޖަނަވަރީ 2019

07 ޖަނަވަރީ 2019