ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ، ފަރާތެއް ހޯދުމަށް މިސްކޫލްގެ ނަންބަރGS-122/2018/17ގެ އިޢުލާން ބާޠިލުކޮށް 3ވަނަ ފަހަރަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، 2019 ވަނަ އަހަރު ފެބްރުއަރީ 01ން 31 ޑިސެމްބަރ 2019ގެ ނިޔަލަށްމި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
|
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ނަންނޯޓުކުރެއްވުން |
07 ޖެނުއަރީ 2019 އިން 10 ޖެނުއަރީ 2019އަށް |
ރަސްމީ ގަޑީގައި |
ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން |
13 ޖެނުއަރީ 2019 އާދިއްތަ ދުވަހު |
13:00 |
ސްކޫލަށްދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން |
16 ޖެނުއަރީ 2019 ބުދަ ދުވަހު |
13:00 |
މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން ( ޤާނޫން ނަންބަރ 18/2014 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ވިޔަފާރީގެ ޤާނޫން ( ޤާނޫން ނަންބަރ 19/2014 )ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ނަންނޯޓު ނުކުރައްވާ އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކިނޮޅަހުސްކޫލް
-ފޯން ނަންބަރ 6580360
- މޯބައިލްނަންބަރ: 9671666
އީމެއިލް އެޑްރެސް: admin@kinolhahuschool.edu.mv
01 ޖުމާދަލް އޫލާ 1440
07 ޖަނަވަރީ 2019