ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުންޏަށް ގދ.ތިނަދޫ ޕޯސްޓް އޮފީސް ޢިމާރާތަކަށް ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 15:00 ގެކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކުންފުނީގެ ގދ.ތިނަދޫ ޕޯސްޓް ނުވަތަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 20 ޖަނަވަރީ 2019 ވަނަ ދުވަހުގެ 15:00ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވިކަމުގައި ވިއަސް ބަލައި ނުގަންނާނެ ވާހަކަވެސް ދެންނެވީމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- ގދ.ތިނަދޫ
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތާއި ބެހޭ ތަފްޞީލް ހުށަހެޅުން
- ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން (1000 އަކަ ފޫޓަށްވުރެ ކުޑަނޫން)
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން.
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ނޯޓް: ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގައި ވަކިން ފޯންލައިން އަޅާފައި ހުރުން.
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (ބަދަރު ސަރަޚައްދު ކައިރީ ނުވަތަ އެހެން އޮފީސް ޢިމާރާތެއް ކައިރި)
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެގޭނެ ލިޔުމަކާއި އައި.ޑީ ކާރޑްގެ ކޮޕީ އާއި އެކު ހުށަހެޅުން
މި ބިޑާއި ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
08 ޖުމާދިލް އޫލާ 1440
14 ޖަނަވަރީ 2019