ދިވެހިރާއްޖެ
މިރަށު ބަނދަރުގެ ދެކުނުފަރާތުން '100 × '50 ގެ ދެ ހަރުގެވަޅު، އެންމެ ބޮޑު ކުއްޔެއް ހުށަހަޅާ ފަރާތަކަށް ދޫކުރާގޮތަށް މިކައުންސިލްގެ ފަރާތުން ވަނީ ނިންމާފައެވެ. ކުލީގެ ގޮތުގައި އެންމެ ދަށްވެގެން ހުށަހެޅޭނީ މަހަކު އަކަފޫޓަކަށް 0.75ރ (ހަތްދިހަފަސްލާރީގެ) ރޭޓުންނެވެ. އަދި އެންމެ ކުޑަކޮށް ހަރުގެވަޅު ހޯދުމަށް އެދެވޭނީ '100 × '33 ގެ ބޮޑިމިނުގައެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ފެބުރުއަރީ 2019 ވަނަދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން، ހަރުގެވަޅު ކުއްޔަށް ނަގަން ބޭނުންވާ އަގު އެގޭނޭ ގޮތަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްދިނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 13:00 ގައި މިކައުންސިލްގައި އޮންނާނެއެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.
ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.