ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު، ދިވެހިރާއްޖެ ނަންބަރު: (IUL)303-AS/2019/06
އިޢުލާން
މިކައުންސިލްގެ ފަރާތުން މިރަށު ހުސްނުހީނާގޭގެ އިރުމަތީގައިވާ ހުސްބިމުގައި ގުރުޢާން ކުލާހެއް އެޅުމަށް ބޭނުންވެއްޖެއެވެ.
މިކައުންސިލްގެ ނަމްބަރ: (IUL)303-AS/303/2019/04 (14 ޖަނަވަރީ 2019)ގެ އިޢުލާނާ އިގުޅިގެން މައުލޫމާތު ސާފްކުރުމަށް އައި ފަރާތްތަށް މަދުކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް މިކައުންސިލުން މަސައްކަތައް ބޭނުންންވާ އެންމެހައި ތަކެތި ދިނުމުންނާއި އަމިއްލަތަކެތީގައި ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދޭފަރާތް ތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 01:30ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ނިންމައި ދިނުމަށް އެދި ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 01:30 ގައި މިއިދާރާގައެވެ. ޤުރުޢާން ކުލާސް އިމާރާތްކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މިމަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރައިގެ ބޭރުގައި " އުނގޫފާރު ކައުންސިލުން ތަރައްޤީކުރުމަށް ނިންމާފައިވާ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި " މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބް ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރާގެ ބޭރުގައި އޮންނަން ވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580118 ނަންބަރު ފޯނާއި ނުވަތަ ކައުންސިލްގެ މެންބަރ ޙުސައިން އާސިފްގެ ނަމްބަރ 9978600 ގުޅުއްވުން އެދެމެވެ.
ތިރީގައި އެވަނީ ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް މާކުސް ދިނުމަށް ހަމަޖެހިފައިވާގޮތެވެ.
- ޤުރުޢާން ކުލާސް އިމާރާތް ކުރުމަށް އެދި ހުށަހަޅާ އަގަށް (ހަތްދިހަ ޕަސެންޓް)
- މާލީތަނަވަސް ކަމަށް (ވިހި ޕަސެންޓް)
- ޤުރުޢާން ކުލާސް އިމާރާތްކޮށް ނިންމުމަށް ހުށަހަޅާ މުއްދަތައް (ދިހަ ޕަސެންޓް)
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
17 ޖުމާދަލްޢޫލާ 1440
23 ޖަނަވަރީ 2019
މުޙައްމަދު އަފްލާޙް
ކައުންސިލްގެ ނައިބުރައީސް