ދިވެހިރާއްޖެ
ލ.މުންޑޫ އިން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބަންޑާރަގޯތިތައް ފިޔަވާ ރަށުގެ އެހެނިހެން ސަރަޙައްދުތަކުގައި ހުރި އަމިއްލަ މީހުންގެ ރުއްގަސްތައް 28 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެރުއްގަސްތަކުގެ މިލްކުވެރިކަން ސާބިތުކޮށް، މިލްކުވެރިކަން ސާބިތުކުރިކަމުގެ ލިޔުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތު ތެރޭގައި މިލްކުވެރިކަން ސާބިތުކޮށްފައިވާ ރުއްގަހުގެ ބަދަލު ބޭނުންވާ ފަރާތްތަކަށް އެބަދަލްހޯދުމުގެ މަސައްކަތް ކުރިޔައްގެންދެއްވުން އެދެމެވެ.
އަދި މި ތާރީޚްގެ ނިޔަލަށް މިލްކުވެރިކަން ސާބިތުކުރިކަމުގެ ލިޔުން ހުށަނާޅާ ފަރާތްތަކުގެ ރުއްގަސްތަކަކީ ބަންޑާރަ ރުއްގަސްކަމުގައި ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭފަރާތްތަކުގައި ދަންނަވައިގެން ކުރިޔައް ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.