ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭނުމަށް 1000 – 1500 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި ނަންބަރު IL-PRC/2019/04 އިޢުލާނަަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޭނުމަށް 1000 – 1500 އަކަފޫޓާ ދެމެދުގެ ބޮޑުމިނުގެ ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
03 ފެބުރުވަރީ 2019 |
އާދީއްތަ |
11:00 |
އަންދާސީ ހިސާބު ހުށައެޅުން |
10 ފެބުރުވަރީ 2019 |
އާދީއްތަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް އަންގާފައިވާ ދުވަހު ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.