ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)398-C/398/2019/8
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2019
ޕަބްލިޝްކުރި ގަޑި: 14:56
ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލ.މުންޑޫގެ އެކި ސަރަޙައްދުތަކުގައި ރުއްގަސް އިންދުމާއި ގުޅޭ:
ލ.މުންޑޫގެ އެކި ސަރަހައްދުތަކުގައި ރުއްގަސް އިންދުމާއި ގުޅޭ(.)
މިހާރަކަށް އައިސް ރަށުގެ އެކި ސަރަހައްދުތަކުގައި ޤަވާޢިދާ ޙިލާފަށް ރުއްގަސް އިންދަމުންގެންދާކަން ވަނީ މިކައުންސިލަށް ފާހަގަކުރެވިފައެވެ. މިކަމަކީ ޤާނޫނު ނަމްބަރ 98/21 ( މީހުން ދިރިއުޅޭ ރަށްރަށުގެ ރުއްގަހާއި ބެހޭ ޤާނޫނު) އިން މަނާކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމެކެވެ. އެހެންކަމުން ރުއްގަސް އިންދަންވާނީ 98/21 ރުއްގަހާއި ބެހޭ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތީންނެވެ. މިއާއި ޚިލާފަށް ބަންޑާރަބިންތަކުގައި ރުއްގަސް އިންދާހެއްދުމަކީ ޤަނޫނީގޮތުން މަނާކަމެއް ކަމުގައިވެސް ދަންނަވަމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
23 ޖުމާދުލްޢޫލާ 1440
29 ޖެނުއަރީ 2019
29 ޖަނަވަރީ 2019