ދިވެހިރާއްޖެ
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ. އުނގޫފާރު،ދިވެހިރާއްޖެ
ނަމްބަރ:URH/IUL/2019/01
އިޢުލާން
އަންދާސީ ހިސާބު ބޭނުން ވެއްޖެ.
މިހޮސްޕިޓަލްގައި އިމާރާތްކުރަމުންދާ ޕްރައިވެޓް ރޫމް ތަކުގެ ކުރިމަތީ ވޯކްވޭ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13.00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެ ކޮންފަރެންސް ހޯލަށް ވަޑަގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
24 ޖުމާދުލްއޫލާ 1440
30 ޖަނަވަރީ 2019
ޙުސައިން ޝިހާމް
އެސިސްޓެންޓް ޑިރެކްޓަރ