ދިވެހިރާއްޖެ
އިޢުލާން
ޢިމާރާތެއް ކުއްޔަށް ހިފުމާއިބެހޭ
މިކުންފުނީގެ ބޭނުމަކަށް 1500 އަކަފޫޓުގެ ތަނެއް އޮފީސް ޢިމާރާތަކަށް (ގްރައުންޑް ފްލޯރއިން)އިން ބޭނުންކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ މިފަދަތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާފަރާތްތަކުން 10 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00އަށް މިކުންފުނީގެ 05 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 10 ފެބްރުއަރީ 2019 ވަނަ ދުވަހުގެ 14:00ގެ ފަހުން އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.
ޢިމާރާތް ހޯދަން ބޭނުންވާ ރަށް:
- މާލެ (މާފަންނު)
ހުށަހަޅުއްވާ ޕްރޮޕޯސަލްގައި ތިރީގައިވާ ކަންކަން ހިމެނުން
- ތަނުގެ ބޮޑުމިން
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ހުރި ސަރަހައްދު
- ޢިމާރާތުގެ ކުލި
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު
- ޢިމާރާތުގެ ކަރަންޓާއި ފެންވަކިކޮށްފައި ހުރުން
- ޢިމާރާތުގެ ސަލާމަތީ ފެންވަރު
- ޢިމާރާތުގެ ރަޖިސްޓްރީ ކޮޕީ
- ޢިމާރާތް ކުއްޔަށް ދިނުމަށް ހުށަހަޅާ ފަރާތާ ޢިމާރާތާ ހުރި ގުޅުން
- ޢިމާރާތާގެ އެތެރެއާއި ބޭރުގެ ފޮޓޯ އަދި ޢިމާރާތުގެ މިންތައް އެގޭ ކުރެހުމެއް ހުށަހެޅުން
- ކުއްޔަށް ދޭ ފަރާތުގެ އައިޑީ ކޮޕީ
ހުށަހެޅޭ ޕްރޮޕޯރސަލްއަށް ޕޮއިންޓް ދެވޭނެގޮތް ތިރީގައި އެވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު:%20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
25 ޖުމާދަލްއޫލާ 1440
31 ޖަނަވަރީ 2019