ދިވެހިރާއްޖެ
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ދޭ ނަމޫނާއާއި އެއްގޮތަށް ކުރިޔަށްއޮތް 3 އަހަރަށް ތައްޔާރުކޮށްދީ، ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ޖަނަވަރީ 2019 ގައި މި ސްކޫލުން ކުރި GS-95/2019/004 އިޢުލާނާއި ގުޅިގެން 3 ފަރާތަކުން ބިޑް ހުށައަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
2019 ފެބުރުވަރީ 10 ވާ އާދިއްތަ ދުވަހު 11:00 އަށް |
2019 ފެބުރުވަރީ 13 ވާ ބުދަ ދުވަހު 11:00 އަށް |
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ރަސްމީ ގަޑީގައި މި ސްކޫލްގެ ނަންބަރު 6520532 ފޯނަށް ގުޅުއްވުން އެދެމެވެ.